ގައްޒާފީގެ ސޫރަ ޖަހާފައިވާ އެކްސްޓަސީ ގުޅަތަކެއް އަތުލައިގަނެފި
ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ސޫރަ ޖަހާފައިވާ ލައްކައެއްހާ މަސްތުވާ ބޭސްގުޅަ ޔޫރަޕުން އެ ގައުމަށް އެތެރެކުރަނިކޮށް ސަލާމަތީ ބާރުތަކުން އަތުލައިގަނެފިއެވެ. އދ. އިން ހާމަކޮށްފައިވާ ގޮތުގައި 2011 ވަނަ އަހަރަށްފަހު ލީބިޔާގެ މަސްރަހު ގޯސްވުމުގެ ނާޖާއިޒު ފައިދާ ނަގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ގައުމަކީ މިހާރު މަސްތުވާތަކެތި ފޮނުވުމުގެ މައި މަރުކަޒަކަށް ވަނީ ހަދާފައެވެ.