"ކެނެޑާ ބޭނުންވަނީ ސްޓޭޓަކަށް ނުވެ ހުރިހާ ފައިދާއެއް ހޯދަން"
އެމެރިކާ އާއި ކެނެޑާއާ ދެމެދު ކުރެވުނު ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވެ، އެމެރިކާއިން ކެނެޑާގެ މުދަލުން ބޮޑު ޓެރިފެއް ނަގަން ނިންމުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ރައީސް ޓްރަމްޕްގެ މި ނިންމެވުމަށް ރައްދު ދެއްވައި، ކެނެޑާގެ ބޮޑުވަޒީރު ވަނީ އަންނަ މަހުން ފެށިގެން އެމެރިކާގެ މުދަލުން ވެސް ރައްދު ފިޔަވަޅު އަޅައި ޓެކްސް ނަގާނެ ކަމަށް އިއުލާންކުރައްވާފައެވެ. މި މައްސަލައިގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި މިހާރު ވަނީ ވިޔަފާރީގެ "ހަނގުރާމައެއް" ފެށިފައެވެ.