ތުރުކީ-އިސްރާއީލު ނުތަނަވަސްކަން ސީރިއަސްއެއް ނޫން: އެމެރިކާ
ތުރުކީ އާއި އިސްރާއީލުގެ މެދުގައި އޮތް ނުތަނަވަސްކަމަކީ ހަމައެކަނި ބަހުގެ ހަމަލާތަކެއް ކަމަށް އެމެރިކާގެ މަންދޫބު ޓޮމް ބަރަކް ސިފަކުރައްވައި، ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމަށް ބާރުއަޅުއްވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ މީޑިއާތަކުން ފަތުރާ ވާހަކަތަކުގެ ސަބަބުން ހަގީގަތް އޮޅިފައިވީ ނަމަވެސް، ސަރަހައްދީ ސަލާމަތާއި ހަކަތައިގެ މަޝްރޫއުތަކުގައި ދެ ގައުމުގެ ބައިވެރިވުން މުހިންމެވެ.