ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭ "ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް" ގައި އިސްލާމީ ތައުލީމާއި ސަގާފަތް އާލާކުރުމަށް ކުތުބުހާނާއަކާއި، ދާރުލްއާސާރެއްގެ އިތުރުން ގިނަ ވަސީލަތްތަކެއް ގާއިމުކުރެވޭނެ. މި ޕްރޮޖެކްޓު ހަވާލުކުރީ ސައުދީ އަރަބިއްޔާގެ އަލްރާޖިހީ ކުންފުންޏާ.