ސާކުގެ އެސްޖީ މުއިއްޒަށް ވަދާއީ ޒިޔާރަތް ކުރައްވައިފި
ސާކުގެ ސެކްރެޓަރީ ޖެނެރަލް އެމްޑީ ގޮލާމް ސަރުވަރު، މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައި، ސާކު ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައި. މި ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ ސާކުގެ ދައުރު ފާހަގަކުރައްވައި އެ ޖަމިއްޔާއަށް ރާއްޖެއިން ދޭ އެއްބާރުލުން ފާހަގަކުރައްވާފައި.