ސޮދަބީޒް
2 ލިޔުން
ފަހުގެ
ލުއިއަދަދުއާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް
ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.
ލުއިއަދަދުމަޝްހޫރު ކުރެހުންތަކެއް ނީލަމަށް، 450 މިލިއަން ޑޮލަރު ލިބޭނެ
ވެން ގޯ އާއި މޮނޭ ފަދަ މަޝްހޫރު ކުރެހުންތެރިންގެ 12 ކުރެހުމެއް ހިމެނޭ އަގުބޮޑު ކަލެކްޝަނެއް އަންނަ ނޮވެމްބަރު މަހު ނިއުޔޯކުގައި ނީލަން ކިޔުމަށް ވަނީ ނިންމާފައެވެ. މި ކުރެހުންތައް ވިއްކައިގެން ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭއިރު، މިއީ މިހާތަނަށް ނީލަމަކަށް ހުށަހެޅޭ އެންމެ އަގުބޮޑު އެއް ކަލެކްޝަނެވެ.
