ރައީސް އޮފީހަށް މަޓީގެ ބޯޑު މެންބަރުން ހާޒިރުކޮށް ބިރު ދައްކައިފި
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތީގައި ހިފެހެއްޓުމަށް ބައެއް ރިސޯޓުތަކުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، މަޓީގެ ބޯޑު މެންބަރުން ރައީސް އޮފީހަށް ހާޒިރުކުރި. ސަރުކާރުން ތުހުމަތު ކުރާފަދަ ޣައިރުގާނޫނީ އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިފައިނުވާ މަޓީން ބުނެފައިވޭ. އަދި ކަޅުބާޒާރު އުފެދި ގޯސްވެފައިވަނީ ރިސޯޓުތަކުގެ ސަބަބުން ނޫން ކަމަށް ބުނި.