ޗައިނާ ކުންފުންޏަކުން 85 މިލިއަން ހޯދުން މަޑުޖައްސާލަން އަމުރެއް
ސިޔާމް ވޯލްޑް ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ޗައިނާގެ ސީސީސީސީން ދައްކަންޖެހޭ 85.1 މިލިއަން ރުފިޔާގެ ޖީއެސްޓީ ހޯދުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފި.. މި އަމުރު ނެރުނީ މީރާގެ ނިންމުން އިސްތިއުނާފުކޮށް، އެ ފައިސާ އެއްފަހަރާ ދައްކަންޖެހިއްޖެނަމަ ކުންފުނީގެ ވިޔަފާރި ހުއްޓުމަކަށް އަތުވެދާނެ ކަމަށް ސީސީސީސީން ބުނުމާ ގުޅިގެން.