ސިރީ

2 ލިޔުން

އޭއައިއާއެކު "ސިރީ" އަށް ގެންނަ ބޮޑު ބަދަލު ދައްކާލައިފިދުނިޔެ

އޭއައިއާއެކު "ސިރީ" އަށް ގެންނަ ބޮޑު ބަދަލު ދައްކާލައިފި

އެޕަލްގެ އަހަރީ ކޮންފަރެންސްގައި އޭއައިގެ އެހީގައި "ސިރީ" އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބޭނުންކުރާ މީހާގެ މައުލޫމާތަށް ބިނާކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ދައްކާލައިފިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ރައްކާތެރިކަމަށް އައު ފީޗާތަކެއް ތައާރަފުކުރިއިރު، މިއީ ސީއީއޯ ޓިމް ކުކް މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ބައިވެރިވެވަޑައިގަންނަވާ ފަހު ކޮންފަރެންސެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީޓެކްނޮލޮޖީ

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.