ޝެއިހް އިސްމާއީލް މުހައްމަދު އަވަހާރަވެއްޖެ
ދީނީ އިލްމު ފެތުރުއްވުމުގެ ދާއިރާއިން ގައުމީ އިނާމާއި އޮނަރަރީ ޑޮކްޓަރޭޓް ހާސިލުކުރައްވާފައިވާ މަޝްހޫރު އިލްމުވެރިޔާ ޝައިހް އިސްމާއީލް މުހައްމަދު އަވަހާރަވެއްޖެ. އެމަނިކުފާނަކީ މަދީނާ ޔުނިވާސިޓީން އެންމެ ފުރަތަމަ ޑިގްރީ ހާސިލުކުރެއްވި ދިވެހި ބޭފުޅާ.