ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާނުގައި ބޮޑެތި ގެއްލުންތަކެއް
ށ. ފުނަދޫގައި ހުންނަ ހަމައެކަނި ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، ކައިރީގައި ހުރި ތިން ގުދަނަކާއި ގެއަކަށް ބޮޑެތި ގެއްލުންތަކެއްވި. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވި ނަމަވެސް، ރަށުގެ ހަމައެކަނި ޝެޑު އަނދައި ހުލިވުމުން ރަށުން ޕެޓްރޯލް ލިބުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައި.