ހުއިފިލަނޑާތަކެއް ލައްގައި ތައިލެންޑްގެ ބީޗެއް ފިޔާތޮށި ކުލައަށް
ތައިލެންޑުގެ ސުއާން ސޮން ބީޗަށް ގިނަ އަދަދެއްގެ ފިޔާތޮށި ކުލައިގެ ހުއިފިލަނޑާ ލައްގައި، މުޅި ގޮނޑުދޮށް ފިޔާތޮށި ކުލައަށް ބަދަލުވުމާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގެއް ފަށައިފިއެވެ. މިއީ މޫސުން ގޯސްވެ ބާރުގަދަ ރާޅުތައް ނެގުމުގެ ސަބަބުން ދިމާވި ގުދުރަތީ ކަމެއް ކަމަށް ބެލެވޭއިރު، މިކަމުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.