އުމުރުން ދުވަސްވިޔަސް ސިކުނޑީގެ ބާރު ގަދަކުރެވިދާނެ
އުމުރުން ދުވަސްވީ ނަމަވެސް އާ ކަންތައްތައް ދަސްކޮށް، ސިކުނޑިއަށް ފައިދާހުރި ތަމްރީނުތައް ގަވާއިދުން ކުރުމުން ސިކުނޑީގެ ގާބިލުކަން އިތުރުކުރެވިދާނެކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކުރުމަށް ވަކި އުމުރެއް ނެތްއިރު، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންގެ ސިކުނޑިއަށް އަންނަ ކުރިއެރުންތައް އެއްވަރެއްގައި ހުރެއެވެ.