ސާބާ އަންހެން މުބާރާތް ސެޕްޓެމްބަރުގައި
މާލޭގައި އަންނަ ސެޕްޓެމްބަރު މަހު ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ އަންހެން މުބާރާތް ހޯސްޓްކުރާއިރު، އެ މުބާރާތަށް ތައްޔާރުވާން އިންޑިއާ އަށް ޓްރެއިނިން ކޭމްޕެއް ދާން ގައުމީ ބާސްކެޓް ޓީމުން ވަނީ ތައްޔާރުވެފައި.