ދުވުމަކީ ކަކުލުގެ ސިއްހަތު ވަރުގަދަކޮށްދޭ ކަމެއް!
ދުވުމަކީ ކަކުލަށް ގެއްލުންވާ ކަމެއް ކަމަށް ބުނެ ފަތުރަނީ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތް ދޮގު މައުލޫމާތެއް ކަމަށާއި، އޭގެ ބަދަލުގައި ދުވުމުގެ ސަބަބުން ކަކުލުގެ މަސްތަކާއި ކާޓިލޭޖްތައް ވަރުގަދަވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. ކަކުލަށް އަނިޔާވަނީ ދުވުމުގެ ސަބަބުން ނޫން ކަމަށާއި، އެއީ ކުއްލިއަކަށް ދުވާ ރާސްތާ އިތުރުކުރުމުން ނުވަތަ ތަމްރީނު ހެދުމުގައި ހެދޭ ގޯސްތަކުގެ ސަބަބުން ދިމާވާ ކަމެކެވެ.