ހުލާސާކޮށް އިއްޔެ: ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވާލުން
ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ރައީސް ޔާމީން ގޮވާލެއްވުމާ ގުޅިގެން އަބްދުއްރަހީމް އެމަނިކުފާނަށް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ. މީގެ އިތުރުން، ޖަލު އިމާރާތްކުރުމާއި އެމްޓީސީސީގެ ޑްރެޖަރު ގަތުމުގައި މާލީ ގޮތުން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރިކަން ވަނީ ހާމަވެފައެވެ. ހަމައެއާއެކު، އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފުވައްމުލަކާއި ކުޅުދުއްފުށީގައި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ މަރުކަޒުތަކެއް ވަނީ ގާއިމުކޮށްފައެވެ.