ދިރާގުގެ ކުރީގެ ޗެއާމަން ރިލުވާން ޝަރީފް ނިޔާވެއްޖެ
ދިރާގުގެ ކުރީގެ ޗެއާމަން އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ރިލުވާން ޝަރީފް މިއަދު ވަނީ ނިޔާވެފައި. އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް. އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ވިލާ އެއާގެ އެމްޑީކަން ފަދަ އިސް މަގާމުތައް ފުރުއްވާފައި.