ރަޖަބް ތައްޔިބް އުރުދުޣާން
4 ލިޔުން
ފަހުގެ
ދުނިޔެއުރުދުޣާނަކީ "ޑިކްޓޭޓަރެކޭ" ބުނެގެން ތުރުކީގެ ކޮމީޑިއަނެއް ޖަލަށް
ތުރުކީގެ ރައީސް އުރުދުޣާނަށް ފުރައްސާރަކުރި ކަމުގެ ކުށް ސާބިތުވެ، އެ ގައުމުގެ މަޝްހޫރު ކޮމީޑިއަން ދެނިޒް ގޮކްތާޝް 19 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، ގައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފިއެވެ. ނަމަވެސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތަށް ބަލައި ކޯޓުން ވަނީ އޭނާ މިނިވަންކުރުމަށް އަމުރުކޮށްފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މި މައްސަލަ ސިފަކުރަނީ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ހިންގާ އަމަލެއްގެ ގޮތުގައެވެ.
ދުނިޔެތުރުކީގެ އިދިކޮޅު މައި ޕާޓީ ބަލިކަށިވެ ދެ ލީޑަރުންގެ ކޯޅުމެއްގައި
ތުރުކީގެ އިދިކޮޅު މައި ޕާޓީ (ސީއެޗްޕީ) ގެ ލީޑަރުކަމާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، ކޯޓުން ވަނީ އެ ޕާޓީގެ ކޮންގްރެސް ބާތިލުކޮށް ކުރީގެ ލީޑަރު ކަމާލް ކިލިޗްދަރޮގްލޫ އަލުން މަގާމަށް އައްޔަންކޮށްފައެވެ. މި ނިންމުމުގެ ސަބަބުން ޕާޓީގެ ތެރޭގައި ބޮޑު ކޯޅުމެއް އުފެދި، އިދިކޮޅު އިއްތިހާދު ބަލިކަށިވެ، ރައީސް އުރުދުޣާންގެ ވެރިކަން ދެމެހެއްޓުމަށް މަގުފަހިވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
