އިނގިރޭސި ވިލާތުގެ ހެލްތު ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި
އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން، ބޮޑުވަޒީރު ކިއަރ ސްޓާމަރގެ ލީޑަޝިޕަށް އިތުބާރު ނެތްކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސްޓްރީޓިން މި ނިންމެވުން ނިންމެވީ އިންތިޚާބީ ނާކާމިޔާބީތަކާ ގުޅިގެން ޕާޓީގެ މިސްރާބު އޮޅިފައިވާ ކަމަށް ވިދާޅުވެ، ޕާޓީގެ ލީޑަޝިޕް ބަދަލުކުރުމުގެ ބަހުސްތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.