މަ ސުވާލުކޮށްލަން ބޭނުމީ ތިޔަ އުޅުއްވަނީ ކޮންދީނަކަށްތޯ އެވެ؟
އިންސާނާ އަކީ މަށިން ހެއްދެވި، ރޫޙު ލެއްވިފައިވާ މަޚްލޫޤަކަށް ވާއިރު، އިސްލާމްދީން ބިނާވެގެންވަނީ ދުނިޔަވީ މާއްދިއްޔަތާއި ރޫޙާނިއްޔަތު ހަމަހަމަކޮށް ވަޒަންހަމަ ދިރިއުޅުމެއް އުޅުމުގެ މައްޗަށެވެ. ދީނަކީ އިންސާނާގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކޮށްދީ، ދިރިއުޅުމުގެ ހުރިހާ ކަމެއް ތަރުތީބުކޮށްދޭ ތެދުމަގެވެ.