މަށި މާލި ޕެރޭޑުގައި މިފަހަރު ވެސް ތަފާތު ހިޔާލާއި މެސެޖުތަކެއް
މި އަހަރުގެ ބޮޑު އީދުގައި ކުޅުދުއްފުށީގައި ބޭއްވި މަށިމާލި ޕެރޭޑުގައި، ރައީސް މުއިއްޒަށް އަމާޒުވި ތުހުމަތުތަކާއި ސަރުކާރުގެ ތަރުޖަމާނާ ގުޅޭ ސިޔާސީ މެސެޖުތައް މަޖާ ގޮތަކަށް ފުޅަނދުތަކުން ދައްކާލާފައިވެއެވެ. މީގެ އިތުރުން ނޫސްވެރިޔާ ޝަހުޒާން ހައްޔަރުކުރުމާއި، އާސެނަލްއަށް ތަށި ލިބުން ފަދަ ކަންކަމުގެ އިތުރުން ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ އެކި މައްސަލަތަކަށް މި ޕެރޭޑުގައި ވަނީ އަލިއަޅުވާލާފައެވެ.