ސިއްރުން ކުންފުނި ހެދި އެސްއޯއީތައް ހާޒިރުކުރަން ޕީއެންސީ ދެކޮޅު
ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއް ގުޅިގެން އުފެއްދި ޕޯޓް ޑިވެލޮޕްމަންޓް ކުންފުނީގެ މައްސަލައިގައި، އެ ކުންފުނިތަކުގެ ވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން އެމްޑީޕީން ހުށަހެޅި ހުށަހެޅުމަށް ޕީއެންސީގެ މެންބަރުން ދެކޮޅު ހަދައިފިއެވެ. ކޮމިޓީގެ އަގުލަބިއްޔަތުން ނިންމީ ކުންފުނިތަކުގެ ވެރިން ހާޒިރުކުރުމުގެ ބަދަލުގައި، އެ މައްސަލައާ ގުޅޭ މައުލޫމާތު ލިޔުމުން ހޯދުމަށެވެ.