ޕޮޕް މާޓްގެ ފުރަތަމަ ބޭކަރީ ސިންގަޕޫރުގައި
މަގުބޫލު ކުޅޭ އެއްޗެހި އުފައްދާ ޗައިނާގެ ޕޮޕް މާޓް ކުންފުނީގެ ބައިނަލްއަގުވާމީ ފުރަތަމަ ބޭކަރީ ސިންގަޕޫރުގައި ހުޅުވައި، އެ ކުންފުނީގެ މަޝްހޫރު ކެރެކްޓާތަކާ ގުޅޭ ތަފާތު ފޮނިކާތަކެތި ވިއްކަން ފަށައިފިއެވެ. ވިޔަފާރި ފުޅާކުރުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި އޭޝިއާގެ އެހެން ގައުމުތަކާއި ޔޫރަޕް އަދި އެމެރިކާގައި ވެސް މިފަދަ ބޭކަރީތައް ހުޅުވުމަށް އެ ކުންފުނިން ދަނީ ރާވަމުންނެވެ.