"އަމާޒަކީ މިއަހަރު ޕީއެންސީގައި އެއްލައްކަ މެންބަރުން ހަމަކުރުން"
މިއަހަރު ނިމުމުގެ ކުރިން ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަކީ ރައީސް މުއިއްޒުގެ އަމާޒެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވެއްޖެއެވެ. މިހާރު 79،000 އަށް ވުރެ ގިނަ މެންބަރުން ތިބި މި ޕާޓީއާ ފާއިތުވި ދޮޅުމަސް ތެރޭގައި 12،000 މީހުން ގުޅިފައިވާއިރު، މިއީ އަމިއްލަ އިހުތިޔާރުގައި ގުޅޭ މެންބަރުން ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.