ކޮޕީކުރުމުގެ ތުހުމަތު އަމާޒުވި ޕްރޮފެސަރު އިސްތިއުފާ ދެއްވައިފި
އެހެން މީހުންގެ މަސައްކަތްތައް ކޮޕީކުރުމާއި ޕީއެޗްޑީ ތީސީސްގައި އޮޅުވާލުންތަކެއް ހުރި ކަމުގެ ތުހުމަތުތަކާ ގުޅިގެން، ކޭމްބްރިޖް ޔުނިވާސިޓީގެ ޕްރޮފެސަރު ޖޭސަން އާޑޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާގެ މަސައްކަތްތަކުގައި ކުށްތަކެއް ހުރި ކަމަށް އިއުތިރާފުވި ނަމަވެސް، އޭނާއަކީ ދޮގުވެރިއެއް ނޫން ކަމަށާއި އިސްތިއުފާ ދެއްވީ އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ކަމަށް އާޑޭ ވިދާޅުވިއެވެ.