ދިރާގުގެ 'ޕިޗް ފޯ ޕަރޕަސް' ކާމިޔާބު ޓީމުތައް އިއުލާންކޮށްފި
ދިރާގުގެ މުވައްޒަފުން އިސްނަގައިގެން މުޖުތަމައަށް އެހީތެރިވުމަށް ހިންގާ 'ޕިޗް ފޯ ޕަރޕަސް' ޕްރޮގްރާމްގެ ފުރަތަމަ އެޑިޝަން ކާމިޔާބުކުރި ތިން ޓީމެއް އެ ކުންފުނިން އިއުލާންކޮށްފިއެވެ. ޖުމްލަ 20 ޓީމަކުން 15 ޕްރޮޕޯޒަލް ހުށަހެޅި މި ޕްރޮގްރާމަކީ، އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ އަމަލީ ބައިވެރިވުން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. ހޮވުނު ޕްރޮޖެކްޓްތައް ކުރިއަށް އޮތް މަސްތަކުގައި އަމަލީގޮތުން ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ.