އިމްރާން ހާނަށް ފަރުވާ ދިނުމަށް ކްރިކެޓް ލެޖެންޑުންގެ ސިޓީއެއް
ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ގޮވާލައި، ދުނިޔޭގެ މަޝްހޫރު 21 ކްރިކެޓް ކެޕްޓަނުން ސޮއިކޮށް ޕާކިސްތާނު ސަރުކާރަށް ސިޓީއެއް ފޮނުވައިފިއެވެ. މި ސިޓީގައި އިމްރާން ހާންގެ އަމިއްލަ ޑޮކްޓަރުން ހިމެނޭ މެޑިކަލް ބޯޑަކުން އެމަނިކުފާނުގެ ހާލަތު ބެލުމަށާއި، އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ވަނީ އެދިފައެވެ.