ކޮމްޕްލެއިންޓްސް ބިއުރޯ އަދި ސަރަހައްދުތަކާބެހޭ އޮފީހެއް ހަދައިފި
ރައްޔިތުންގެ ޝަކުވާތައް ބަލައި ޖަވާބުދާރީވުމަށް "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަދި ރާއްޖޭގެ ސަރަހައްދީ ބައުންޑަރީއާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފިއެވެ. މި ދެ އިދާރާގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.