ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދަރިކަލުން ދޮގުކުރައްވައިފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން ޔާމީން ޝާހިދު އެ ތުހުމަތުތައް ދޮގުކުރައްވައިފިއެވެ. ޔާމީން ވިދާޅުވީ ބައްޕަގެ މައްޗަށް ކުރެވެނީ އަސްލެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކަމަށާއި، މިކަން ހިނގައިދިޔަ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށެވެ. ޝާހިދު ވެސް ވަނީ މިއީ އެމަނިކުފާނުގެ އަބުރު ކަތިލުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.