ބޯޓެއްގައި ހަބަރު ހުސްވެފައި ތިބި ފަސް މީހަކަށް ފަރުވާ ދެނީ
މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ހަބަރު ހުސްވެފައި ތިބި ދިވެއްސަކާއި ހަތަރު ބިދޭސީންނަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. މި މީހުން ހަބަރު ހުސްވީ ބޯޓުގެ ޖެނެރޭޓަރުން އެރި ދުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.