އިންޑިއާގެ ސީބީއެސްއީ އިމްތިހާނަށް ބޮޑެތި ތުހުމަތުތަކެއް
އިންޑިއާގެ ސީބީއެސްއީން އަލަށް ތައާރަފުކުރި ޑިޖިޓަލް މާކިން ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން، ގްރޭޑް 12 ގެ އިމްތިހާނު ނަތީޖާގެ އިތުބާރާ މެދު ސުވާލު އުފެދި ގައުމީ ބޮޑު ބަހުސަކަށް ވަނީ ބަދަލުވެފައެވެ. ދަރިވަރުންގެ ކަރުދާސްތައް އޮޅުމާއި ސަފުހާތައް މަދުވުން ފަދަ ސީރިއަސް މައްސަލަތައް ފެންމަތިވުމާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓަރު އެކަމުގެ ޒިންމާ އުފުއްލެވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ދަނީ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.