ހިޒްބުﷲ އިން ސުލުހައިގެ އެއްބަސްވުމަށް އިންކާރުކޮށްފި
އެމެރިކާ މެދުވެރިވެގެން އިޒްރޭލާއި ލުބުނާނާ ދެމެދު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އާ އެއްބަސްވުމަށް ހިޒްބުالله އިން ރަސްމީކޮށް ދެކޮޅު ހަދައިފިއެވެ. އެ ޖަމާއަތުގެ ލީޑަރު ނައީމް ގާސިމް ވިދާޅުވީ، ދެކުނުގެ ސަރަހައްދުތަކުން ހަނގުރާމަވެރިން ފޭބުމަކީ އިޒްރޭލުގެ ކުރިމަތީގައި ބަލިގަބޫލުކުރުން ކަމަށާއި، މި އެއްބަސްވުމަކީ ލުބުނާނުގެ ރައްޔިތުންނަށް ލިބޭ އިހާނެތިކަމެއް ކަމަށެވެ.