އިންފްލުއެންސަރެއްގެ ހަށިގަނޑު އަންދާލާފައި އޮއްވާ ފެނިއްޖެ
ފްރާންސްގެ މަޝްހޫރު ޓިކްޓޮކް އިންފްލުއެންސަރެއް ކަމަށްވާ ސޯނިއާ ބެލީނާގެ ހަށިގަނޑު އަންދާލާފައި އޮއްވާ ފެނުނު މައްސަލައިގައި، ގަސްތުގައި މީހަކު މަރާލުމުގެ ތަހުގީގެއް އެ ގައުމުގެ ފުލުހުން ފަށައިފިއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކުރި ނަމަވެސް، އެކަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އޮގަސްޓް 10 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ބެލީނާގެ މަރުގެ މައްސަލައިގައި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.