ޕީއެސްއެމްގެ ބަޖެޓު ބޮޑުކުރި މައްސަލައިގައި ކޮމިޓީ ހޫނުވެއްޖެ
ދައުލަތުގެ މުހިންމު މިނިވަން މުއައްސަސާތަކުގެ ބަޖެޓު ކުޑަކޮށް، ޕީއެސްއެމަށް ބޮޑު ބަޖެޓެއް ދީފައިވާ މައްސަލައިގައި މަޖިލީހުގެ ބަޖެޓު ކޮމިޓީގައި މެންބަރުންގެ މެދުގައި ހޫނު ބަހުސެއް ހިނގައިފިއެވެ. އިދިކޮޅު މެންބަރުން މިކަމަށް ފާޑުވިދާޅުވާއިރު، ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ވިދާޅުވަނީ ޕީއެސްއެމްގެ ބަޖެޓު ބޮޑުވީ ކުރީގެ ސަރުކާރުތަކުން ނުދައްކާ ހުރި ދަރަނިތައް ދެއްކުމަށް ކަމަށެވެ.