ޖިންސީ ގުޅުމާއި، ޑްރަގާއި، އިޒްރޭލުގެ ޓެކްނޮލޮޖީގެ ވާހަކަތައް
ނޫސްވެރިޔާ މެތިއު ކޯލްގެ އާ ފޮތުގައި، ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އާއި ޔޫއޭއީ އަދި ސައުދީ ސަރުކާރާ ދެމެދު އޮތް ނުފޫޒުގަދަ ގުޅުންތަކާއި، ބިލިއަނުން ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. މި ފޮތުގައިވާ ގޮތުން ޔޫއޭއީގެ ޗެރިޓީއެއް މެދުވެރިކޮށް ދިން ފައިސާ ހަތިޔާރު ގަތުމަށާއި ސިއްރު އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންކޮށްފައިވާއިރު، ކުޝްނާ ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ.