ރަސްމާލެ ވިއްކާލާ ބިލާ ގުޅޭ ކަންބޮޑުވުން ހިއްސާކުރަން އެދިއްޖެ
ރަސްމާލެއިން ބިން ދޫކުރުމަށް މަގުފަހިވާ ރިއަލް އެސްޓޭޓް ބިލުގައި، އިޒްރޭލު ރައްޔިތުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ ފުރުސަތު އޮތްތޯ ބަލައިދިނުމަށް މެންބަރު މުސްތަފާ އެދިވަޑައިގެންފި. މުސްތަފާ ވިދާޅުވީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ އެއްވެސް މާއްދާއެއް އެ ބިލުގައި ހިމެނޭނަމަ އެފަދަ ބިލަކަށް ތާއީދު ނުކުރައްވާނެ ކަމަށް.