ގެއްލުނު މީހުން ހޯދަން ހުވަދޫ ކަނޑު އެއްކޮށް ބަލައިފި
"ދޯނި އަޑިޔަށްދިޔަ ވަގުތު ލޭންޑިން ކްރާފްޓަކާއި ޕޮލިސް ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް، ދޯންޏާ ވަރަށް ކައިރީގައި އޮތުމާ އެކު ދޯނިން ފުންމާލި މީހުންނާއި ދޯނި ބަންޑުންޖަހާލި ވަގުތު ދޯނިން ނިކުމެވުނު މީހުން ވަނީ އެ ވަގުތު ސަލާމަތްކުރެވިފަ،" އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ.