މައިކަލް ޖެކްސަން
3 ލިޔުން
ފަހުގެ
ލުއިއަދަދުމައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި
މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.
ލުއިއަދަދުމައިކަލް ޖެކްސަންގެ ޝަރީއަތުގެ ސިއްރުތައް ހާމަކުރާ ޑޮކިއުމެންޓްރީ
މައިކަލް ޖެކްސަންގެ މައްޗަށް 2003 ވަނަ އަހަރު ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކާއި އޭގެ ޝަރީއަތުގެ ސިއްރުތައް ހާމަކުރާ ތިން ބައިގެ ޑޮކިއުމެންޓްރީ ސިލްސިލާއެއް ޖޫން 3 ގައި ނެޓްފްލިކްސްއިން ރިލީޒްކުރާނެއެވެ. "މައިކަލް ޖެކްސަން: ދަ ވާޑިކްޓް" ގެ ނަމުގައި ނެރޭ މި ސިލްސިލާގައި، ކޯޓު ރޫމުގެ އެތެރޭގެ މަންޒަރުތަކާއި ޝަރީއަތުގައި ބައިވެރިވި މުހިންމު ފަރާތްތަކުގެ އިންޓަވިއުތައް މެދުވެރިކޮށް މުޅި މައްސަލައިގެ ހަގީގަތް ހާމަކޮށްދޭނެއެވެ.
