އަދަދު ނޫހާމެދު އެޅި ފިޔަވަޅުގައި ގާނޫނީ ހަމައެއް، އަދުލެއް ނެތް!
ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭ ޑޮކިއުމެންޓަރީއަކާ ގުޅިގެން، ރައީސް އޮފީހުން "އަދަދު" ނޫހުގެ ނޫސްވެރިންނާ މެދު ފިޔަވަޅު އަޅާފައިވަނީ ގާނޫނީ ހަމަތަކުން ބޭރުން ކަމަށް އެ ނޫހުން ބުނެފިއެވެ. މި މައްސަލައިގައި ނޫހުގެ ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެޑިޓަރުންގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ފުރުން މަނާކޮށްފައިވަނީ އަދުލުވެރި އިޖުރާއާތްތަކާ ހިލާފަށް ކަމަށް އެ ނޫހުން ފާހަގަކުރެއެވެ.