ނަޝީދުގެ ވެރިކަން ބަދަލުވި ދުވަސްވަރު ފޯނު ކޯލްތައް އަޑުއެހި
ދައުލަތުން ބުނިގޮތުގައި އެއީ އޭރު ރާއްޖޭގެ މަސްލަހަތު އޮތްގޮތުން ގްރޫޕްތަކުން ހިންގަފާނެ އަމަލުތަކަކަށް ފާރަވެރިވުމުގެ ގޮތުން ކުރި ކަމެއް. އޭރު ރިކޯޑުކުރި ކޯލްތަކަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނެގި ރިކޯޑިންތަކެއް ނޫން ކަމަށްވެސް ދައުލަތުން ފާހަގަކުރި.