ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި
ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.