އަހަރަކު ހަތް މިލިއަން ރުފިޔާ ތިމާވެއްޓަށް ހަރަދު ކުރަނީ
ތިމާވެށި ހިމާޔަތްކުރުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް، ގްރީން ފަންޑުން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދުކުރަން ރައީސް މުއިއްޒު ނިންމަވައިފިއެވެ. މި ފައިސާ ހަރަދުކުރާނީ އަހަރީ ބަޖެޓުގެ އިތުރުން، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށާއި ތިމާވެށީގެ ދިރާސާތައް ކުރުމަށެވެ.