އިންވެސްޓްމަންޓުން ބޭނުމީ ވަޒީފާ އާއި ސިނާއަތްތައް: މުއިއްޒު
ރާއްޖެއަށް އިންވެސްޓްމަންޓް ބޭނުންވަނީ ހަމައެކަނި ފައިސާގެ ބަދަލުގައި އާ ސިނާއަތްތަކާއި ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ. އިންވެސްޓަރުންނަށް އިތުބާރު ހޯދައިދިނުމަށް އައު ގާނޫނެއް ތައާރަފުކޮށްފައިވާއިރު، 2040 ވަނަ އަހަރަށް ރާއްޖެ ތަރައްގީކުރުމުގެ އަމާޒުގައި ބައިވެރިވުމަށް މުއިއްޒު ވަނީ ދައުވަތު ދެއްވާފަ.