މައްސަލަ ޖެހިގެން މީދޫ ފޮށީގެ ވޯޓު ގުނުން މެދުކަނޑާލައިފި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި ދެ ކެންޑިޑޭޓުން އެއްވަރުވެގެން ވޯޓު އަލުން ގުނަނިކޮށް، ޕީއެންސީ ކެންޑިޑޭޓުގެ ވޯޓެއް ބާތިލްކުރުމާ ގުޅިގެން މަސްލަހަތު ގޯސްވެ ވޯޓު ގުނުން މެދުކަނޑާލައިފިއެވެ. މި މައްސަލަ ހޫނުވީ މާލޭގައި ވޯޓު ފޮށި ގުނަމުންދަނިކޮށް ކަމަށްވާއިރު، އެ ސަރަހައްދުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގާތީ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.