މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް
2 ލިޔުން
ފަހުގެ
ދުނިޔެކޮންމެ ހަމަލާއަކަށް ފަސްޖެހުމެއް ނެތި ރައްދު ދޭނަން: ވަލީ އަހުދު
ސައުދީ އަރަބިއްޔާގެ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަމަލާއަކަށް ފަސްޖެހުމެއް ނެތި ސާބިތުކަމާއެކު ރައްދުދޭނެ ކަމަށް އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ. ވަލީއަހުދު ވަނީ ހޫތީންގެ ހަމަލާތައް ކުށްވެރިކުރައްވައި، ސަރަހައްދީ ހަމަޖެހުމާއި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ދުނިޔެމައްކާ ޑިފެންސް އެގްރީމަންޓުގެ ދަށުން މައި އޮފީސް ސައުދީގައި
ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ގުޅިގެން އެކުލަވާލި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ދަށުން، ސައުދީގައި ސެކްރެޓޭރިއަޓެއް ގާއިމުކޮށް ފުރަތަމަ ތިން އަހަރު އެތަން ހިންގުން ޕާކިސްތާނާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ތިން ގައުމުގެ ދިފާއީ ގުޅުން ވަރުގަދަކުރުމާއި، ބޭރުގެ އުދުވާންތަކުން ދިފާއުވުމުގައި އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމެވެ.
