ޖިނާއީ އަދުލަށް ސަރުކާރުން ނުފޫޒު ފޯރުވާތީ ލޫކަސް ކަންބޮޑު
ޖިނާއީ އަދުލުގެ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވައި، ފުލުހުންނާއި ފަނޑިޔާރުން ގާނޫނާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ ޝަމްއޫން ޖަލީލް (ލޫކަސް) ގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ލޫކަސްގެ ވަކީލު ފާހަގަކުރެއްވި ގޮތުގައި، ހެއްކަށް ބެލުމެއްނެތް ނިންމުންތަކުގެ ސަބަބުން ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާއިރު، އޭނާ ހައްޔަރުކުރުމުގައި ވެސް ފުލުހުން ވަނީ އުސޫލުތަކާ ހިލާފުވެފައެވެ.