ލަންކާ ރެޕް އާޓިސްޓް މިނިވަންކުރުމަށް ގޮވާލާ އަޑުތައް ގަދަވެއްޖެ
ލަންކާގެ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން، އެލްޓީޓީއީއަށް ތާއީދުކުރާ ވީޑިއޯތަކެއް އާންމުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތަމަޅަ ރެޕް އާޓިސްޓް "ހިޕްހޮޕް ސަންގީ" މިނިވަންކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. މި މައްސަލައިގައި މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ ފަންނީ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަހެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.