ގިނަ ދުވަސްތަކަށް ފަހު އެމެރިކާ އާއި އީރާނުން ހަމަލާ ބަދަލުކޮށްފި
ހޮރްމޫޒް ކަނޑުއޮޅީގައި ހުރި އީރާނުގެ ރޮކެޓް ލޯންޗަރުތަކަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އަނެއްކާވެސް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ބަދަލުކުރަން ފަށައިފިއެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށާއި ޔޫއޭއީއަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާ ދީފައިވާއިރު، މިއީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އެމެރިކާއިން އީރާނަށް ދިން ފުރަތަމަ ހަމަލާއެވެ.