މައިމުޅަވާ ކުދިންނަށް ވެސް ވާރުތަ ބިމުން ބައެއް ލިބޭ ގޮތް ހަދަނީ
ތަރިކަ ބެހުމުގެ ކުރިން މައިންބަފައިން މަރުވެފައިވާ ކުދިންނަށް (މައިމުޅަވާ ކުދިންނަށް) ބަންޑާރަ ގޯތިން ބައި ލިބޭ ގޮތަށް ބިމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ. މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، މި ބައި ލިބޭނީ އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ކުރިން ލިބިފައިނުވާ ކުދިންނަށެވެ.