ވިޒާ ގިންތިތައް ކަނޑައެޅުމުގެ ބާރު ސަރުކާރަށް
ރައްޔިތުންގެ މަޖިލީހުގެ ބައިވެރިވުމެއް ނެތި ވިޒާގެ ގިންތިތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. މި ބަދަލުގެ ސަބަބުން ވަޒީރު ކަނޑައަޅުއްވާ ގިންތިތައް ގެޒެޓުކުރުމުން އެއީ ގާނޫނުގެ ބައެއްގެ ގޮތުގައި ބެލެވޭނެއެވެ. މިއީ ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ތިބެވޭނެ އާ ގިންތިތައް އުފެއްދުމަށް މަގުފަހިކުރުމަށް ގެނެވޭ އިސްލާހެކެވެ.